މާފަރު

މާފަރުގައި ގެނބިގެން ބިދޭސީއަކު މަރުވެއްޖެ

ނ. މާފަރުގައި ގެނބިގެން މިއަދު މީހަކު މަރުވެއްޖެ އެވެ.

މަރުވީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ.

މަރުވީ މީހާ އަކީ މާފަރުގައި ލޭންޑިންގް ކްރާފްޓެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

އޭނާ މަރުވީ ލޭންޑިންގް ކްރާފްޓްގެ ވަލެއް ނެއްޓުމަށް މޫދަށް ފައިބައިގެން އުޅެނިކޮށް ގެނބިގެންނެވެ.

އޭނާއަށް އިތުރު ފަރުވާ ދިނުމަށް މާފަރު ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް އޭރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.