މާފަރު އިންޓަނޭޝަނަލް އެއާޕޯޓް

މާފަރު އެއާޕޯޓުން އަތުލާފައިވާ ބަނގުރާ ނައްތާލައިފި

Jul 14, 2022

ނ. މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތަކެއް ނައްތާލައިފި އެވެ.

މިއަދު ނައްތާލާފައިވަނީ 94 ފުޅި ބަނގުރާ އާއި 41 ދަޅު ބިޔަރެވެ.

ފުލުހުން ބުނީ މިތަކެއްޗަކީ މިދިޔަ ޖޫން މަހުގެ ތިންވަނަ ދުވަހުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފެނިގެން، ދިވެހި ސިފައިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަަށެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ އާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ބަނގުރަލުގެ މައްސަލަތައް ފުލުހުން ތަހުގީގުކުރާ އަދަދު އިތުރުވި ނަމަވެސް ބަނގުރަލާ ގުޅޭ ހާއްސަ ގާނޫނެއް ނެތުމުން ދިމާވާ މައްސަލަތަކެއް ހުރި ކަން ފުލުހުން މީގެކުރިން ފާހަގަކޮށްފައިވެ އެވެ.