އެސްޓީއޯ

ބޮޑެތި އިނާމުތަކަކާ އެކު ހެއްޔާ މަކިޓާ ފަށައިފި

އެސްޓީއޯއިން ކުރިއަށް ގެންދާ ހެއްޔާ މަކިޓާ 2023 ޕްރޮމޯޝަން މިއަދު ދުވަހު ފަށައިފި އެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް ޖެނުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަު މުހައްމަދު އީމާން އެވެ.

އެސްޓީއޯ މަކިޓާ ޝޯރޫމްގެ އިތުރުން ރީޖަނަލް އައުޓްލެޓް ތަކުގައިވެސް މި މުއްދަތުގައި ޕްރޯޝަން ކުރިއަށް ގެންދާނެ އެވެ.

ޕްރޮމޯޝަންގެ ދަށުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން އެއްވަނައަށްދާ ފަރާތަކަށް މަކިޓާ ޝޯރޫމުން 30،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބެ އެވެ. އަދި ދެވަނައަށް 20،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭއިރު ތިންވަނައަށްދާ ފަރާތަކަށް 10،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބެ އެވެ.

މީގެ އިތުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކު މަކިޓާ ޝޯރޫމްގައި މަކިޓާ ޓޫލް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއްވެސް ކުރިއަށް ގެންދެ އެވެ.

މި މުބާރާތުގައި އެންމެ އަވަހަށް އެންމެ ގިނަ އިސްކުރު ޖަހާ މީހެއް ހޮވައި އެ މީހަކަށް މަކިޓާގެ އުފެއްދުންތައް އިނާމުގެ ގޮތުގައި ލިބޭނެ އެވެ.