ރައްޔިތުންގެ މަޖިލިސް

ޕީއެންސީގެ ޕީޖީ ލީޑަރަކަށް މޫސާ ސިރާޖު

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކީ ފޮނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މޫސާ ސިރާޖު ކަމަށް އިއުލާނުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ޕީއެންސީގެ ޕީޖީ ލީޑަރަކީ މޫސާ ސިރާޖުކަން އެޕާޓީން ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އަންގާފައިވާ ކަމަށެވެ.

މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވީ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެވެ.

ރިިޔާސީ އިންތިހާބުގައި މޫސާ ސިރާޖު ތާއީދު ކުރައްވާފައިވަނީ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށެވެ.

މަޖިލީހުގައި ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ އަދަދު

  • އެމްޑީޕީ - 56 މެންބަރުން
  • ދަ ޑިމޮކްރެޓްސް - 13 މެންބަރުން
  • ޕީޕިއެމް - 2 މެންބަރުން
  • ޕީއެންސީ - 2 މެންބަރުން
  • ޖޭޕީ - 2 މެންބަރުން
  • އެމްޑީއޭ - 2 މެންބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތް ނުވާ - 3 މެންބަރުން

ޕީއެންސީގެ ޕީޖީ ލީޑަރަކަށް މީގެ ކުރިން ހުންނެވީ ފެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒުލް ރަޝީދެވެ. ފަޒުލް މަޖިލީހުން ވަކިވެވަޑައިގެންނެވީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުންނެވެ.