ރާއްޖެ ކުޅިވަރު

ނަޒީހު އާއި ސަމްޕަތު އަދި ޝާކިރަށް ބީ ލައިސަންސް

ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ މުހައްމަދު ނަޒީހު އާއި އަޝްރަފް ލުތުފީ (ސަމްޕަތު) އަހުމަދު ޝާކިރު އޭއެފްސީ ބީ ލައިސަންސް ހާސިލްކޮށްފި އެވެ.

މި ތިން ކޯޗުންނާއެކު ޖުމުލަ ނުވަ ކޯޗަކު ވަނީ ޑިސެމްބަރު މަހުގެ 2 އިން 21 އަށް ބޭއްވި ކޯހުން ފާސްވެފަ އެވެ. ޖުމުލަ 18 މީހުން މި ކޯހުގައި ބައިވެރި އެވެ.

ކޯހުން ފާސްވެ ސެޓްފިކެޓް ހާސިލްކުރި އަނެއް ހަ ކޯޗުންނަކީ ޔޫސުފް އަޒީމް (ޔޫއްޓޭ) އާއި އަހުމަދު އަޒްމީ އާއި މަރިޔަމް މުހައްމަދާއި ހުސައިން އައްބާސް އަދި އިބްރާހީމް މޫސާ އާއި އަހުމަދު ނިމާދެވެ.

މި ކޯޗުންގެ ތެރެއިން ނަޒީހު އަކީ މިހާރު ވިކްޓަރީގެ ހެޑްކޯޗެވެ. ސަމްޕަތަކީ ނިއުގެ އެސިސްޓެންޓް ކޯޗެވެ. ޝާކިރާއި ނިމާ އަކީ އީގަލްސްގެ އެސިސްޓެންޓް ކޯޗުންނެވެ. ހުސައިން އައްބާސް މިދިޔަ އަހަރު ހުރީ މަހިބަދޫގެ އެސިސްޓެންޓް ކޯޗަކަށް އަދި ފަހުން ހެޑް ކޯޗަކަށެވެ.