ސިހުރު ހެދުން

ހިތަދޫ ދެ ގެއެއް ފާސްކޮށް ސިހުރު ހަދާ ސާމާނުތަކެއް އަތުލައިފި

Feb 24, 2016
1

އައްޑު އަތޮޅު ހިތަދޫގެ ދެ ގެއެއް ބަލައި ފާސްކޮށް ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ ތަކެތި ހޯދައިފި އެވެ.

މި ފެބުރުއަރީ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓް އަމުރެއްގެ ދަށުން އެ ދެގެ ބަަލައި ފާސް ކުރިއިރު ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ގިނަ އަދަދެއްގެ ތަކެއްޗާއި ފޮތްތަކެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ. މި މައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.