އަމީނީ މަގު

އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފަށަނީ

އަމީނީ މަގުގައި ތާރުއަޅާފައި -- ފޮޓޯ: އަވަސް
0%
0%
0%

ނިމިދިޔަ ސަރުކާރުން ތާރުއަޅައިގެން ހަދަމުން ދިޔަ އަމީނީ މަގުގައި ނުނިމި އޮތް ކުޑަތަންކޮޅުގައި ވަރަށް އަވަހަށް ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ނިންމައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފެށުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެކު މިއަދު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަމީނީ މަގުގެ މަސައްކަތް ކުރަނީ އާރްޑީސީ އިންނެވެ.

އަމީނީ މަގުގައި ނުނިމި އޮތް ދެ ސެގްމަންޓް -- 12 އަދި 13 ވަނަ ސެގްމަންޓްގެ މަސައްކަތް ފަށައި ވަރަށް އަވަހަށް އެ މަސައްކަތް ނިންމާނެ ކަމުެ ޔަގީންކަން މިނިސްޓްރީން ދެއެވެ.

އަމީނީ މަގުގައި ނުނިމި އޮތް ދެ ސެގްމެންޓަކޯީ އެ މަގުގައި ހުރިހާ ގޮތަކުންވެސް އެންމެ ބާރުބޮޑު ސަރަހައްދެވެ. އެހެންވެ އަމީނީ މަގުގެ ޓްރެފިކް ފްލޯ އަށާއި ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަސް ރޫޓް ތަކަށް ދިމާވެދާނެ ދަތިތަކަށް ޓްރެފިކް ފުލުހުންގެ އެހީގައި ހައްލެއް ގެނެސް ވީހާވެސް ފަސޭހަވާނެ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

މާލޭގެ އަމީނީ މަގު ހަދަން ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި 3، 2022ގައި 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދިނީ ހަތް މަސް ދުވަސް ކަމަށްވީ ނަމަވެސް މަސައްކަތް ނިންމަން ދިން އެއްވެސް ތާރީހަކަށް މަސައްކަތް ނިންމާލެވިފައެއް ނުވެ އެވެ.

އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް އަލުން މަގު ބައްތިތައް ވެސް ދަނީ ހަރުކުރަމުންނެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މަޝްރޫއުގައި ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345