ކައިމައި ރެސިޑެންސް

ކައިމޫ ހޮޓެލްސް އިން ކައިމައި ރެސިޑެންސްގެ ނަމުގައި މާލޭގައި ހިތްގައިމު އެޕާޓްމަންޓް ބިލްޑިންގެއް

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މަޝްހޫރު ނަމެއް ކަމަށްވާ ކައިމޫ ހޮޓެލްސް އިން މާލޭގައި ކައިމައި ރެސިޑެންސަސްގެ ނަމުގައި މުޅިން އާ ރެސިޑެންސް ބިލްޑިންގެއް ހުޅުވައިފި އެވެ.

ހެންވޭރު, ވައިލެޓް މަގުގައި އަލަށް ހުޅުވި ނުވަ ބުރީގެ އެޕާޓްމަބްޓް ބިލްޑިންގަކީ އެންމެ ޒަމާނީ ވަސީލަތްތަކާއި މޮޑާން ޑިޒައިންތައް ހިމެނޭ ބިލްޑިންގެކެވެ. އެ ތަނުގައި ޕްރިމިއަމް 2 އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތައް އެބަހުއްޓެވެ.

އޭޑީކޭ އާއި ފިހާރަތައް ބޭންކް އަދި ސްކޫލާއި ކައިރީގައި ހުރުމުން މި އިމާރާތުގައި ދިރިއުޅޭ މީހުންނަށް ޓްރެފިކް ބޮޑު މާލޭގައި އެތައް ފަސޭހައެއް ލިބިގެން ދާނެ އެވެ. އެހެންކަމުން މިއީ ދިގު މުއްދަތަކަށް މާލޭގައި އުޅެން ބޭނުންވާ ބޭފުޅުންނަށް ވަރަށް ރަނގަޅު ފުރުސަތެކެވެ.

ކައިމައި ރެސިޑެންސަސްގައި ޒަމާނީ ދިރިއުޅުމަށް ފޯކަސްކޮށްގެން ފަރުމާކޮށްފައިވާ އެޕާޓްމަންޓްތަކުގައި ޒަމާނީ ފަރުނީޗަރާއި ގޭތެރެއަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ކަމަށްވާ ފްރިޖް، ޑިޝްވަޝަރ، މައިކްރޯވޭވް، އިންޑަކްޝަން ކުކަރ، ފަދަ އެތައް ވަސީލަތްތަކެއް ހިމެނެ އެވެ.

މީގެއިތުރުން މި ބިލްޑިންގުގައި 24 ގަޑިއިރު ސެކިއުރިޓީން ތިބުމުގެ އިތުރުން, ކާޑު އެކްސެސް، ސެކިއުރިޓީ ކެމެރާ، އަދި ސްމޯކް ޑިޓެކްޓަރުތަކާއެކު ކައިމައި ރެސިޑެންސް އަކީ ސަލާމަތީ ގޮތުން ވަރަށް ބޮޑަށް ރައްކާތެރި ބިލްޑިންގެކެވެ. މިބިލްޑިންގުގެ ފާހަގަ ކޮށްލެވޭ ކަންކަމުގެ ތެރޭގައި:

  • ގުދުރަތީ އަލިކަން އެޕާޓްމަންޓަށް ލިބުމާއި އެކު ވެންޓިލޭޝަން ރަނގަޅު.
  • އެޕާޓްމަންޓްތަކުގައި ފިޓިންގްސް އަށް ޕްރީމިއަމް ސެނިޓަރީ ވެއާ ބްރޭންޑްތައް އަދި މަތީ ކޮލިޓީގެ ފަރުނީޗަރު.
  • އެއާކޮންޑިޝަނުން ފެށިގެން ފެން ފިލްޓަރުތަކާއި އެކު ކައިމައި ރެސިޑެންސް އިން ޒަމާނީ ޓެކްނޮލޮޖީތައް ތައާރަފްކޮށް، އުނދަގުލެއް ނެތި ދިރިއުޅުމުގެ ތަޖުރިބާއެއް ލިބޭ.
  • ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޕާކިން ހިމެނޭއިރު، ޔުނިޓަކަށް އެއް ސްލޮޓް ލިބެ
  • މާލޭގެ ރީތި މަންޒަރު ފެންނަ ރޫފްޓޮޕް ޓެރަސް އެކްސެސް ލިބުން.
  • ލިފްޓާއި ފެނަށް އަދި ކަރަންޓް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ބެކަޕް ޖަނަރޭޓަރެއް ބެހެއްޓިފައިވުން
  • ޑެޑިކޭޓެޑް ލޯންޑްރީ އޭރިއާއެއް ހުރުން.

“އަޅުގަނޑުމެން ވަރަށް އުފާވޭ މި ޕްރީމިއަމް ލިވިން އޮޕްޝަންސް އާންމުންނަށް ހުޅުވައިލެވުމުން. މި އެޕާޓްމަންޓްތަކުގައި އަޅުގަނޑުމެންގެ ހުރިހާ ޕްރޮޕަޓީތަކެއްގައި ވެސް ކައިމޫގެ ޒަމާނީ އަދި ޝިކް ފިލޯސަފީ ހިމެނޭނެ،" ކައިމޫ ހޮޓެލްސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އަލީ ވިދާޅުވި އެވެ.

"ކައިމައީ ރެސިޑެންސް އަކީ އަޅުގަނޑުމެންގެ ކުއްޔަށް ދިރިއުޅޭ މީހުންނަށް އެންމެ ރަނގަޅު ގެއަކަށް ހެދުމަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމަށް ތައްޔާރަށް މިތިބީ،" އިބްރާހީމް އަލީ ވިދާޅުވި އެެވެ.

ކައިމައި ރެސިޑެންސަސް އާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ބޭނުންވާނަމަ 3312212 އަކަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން މައުލޫމާތު ހޯދޭނެ އެވެ.