ދަ ޑިމޮކްރެޓްސް

ކައުންސިލަރު ރީނު ޑިމޮކްރެޓިކް ޕާޓީން ވަކިވެވަޑައިގެންފި

މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމު (ރީނު) ދަ ޑިމޮކްރެޓްސް އިން މިއަދު ވަކިވެވަޑައިގެންފި އެވެ.

ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ނަތީޖާއާ މެދު ސުވާލުތަކެއް އުފައްދަމުން ދަނިކޮށް ޕާޓީން ވަކިވެވަޑައިގެންނެވި ސަބަބެއް ރީނު އަދި ހާމަކުރައްވާފައެއް ނުވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ނައިބް ރައީސް (އަންހެން)ގެ މަގާމަށް ރީނު ވާދަކުރެއްވި އެވެ. ނަމަވެސް އެ މަގާމަށް ހޮވޭ އަދަދަށް އޭނާއަށް ވޯޓު ލިބިފައެއް ނުވެ އެެވެ.

މާލެ ސިޓީ ކައުންސިލަށް ރީނު އިންތިހާބުވީ މިހާރު އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ ޓިކެޓްގައެވެ.