އެސްޓީއޯ

އެސްޓީއޯގެ ޗެއާމަނަކަށް އާމިރު

އެސްޓީއޯގެ ޗެއާމަން ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރު އަދި ޑިރެކްޓަރުންގެ ބޯޑަށް އަހްމަދު މުރާދު އައްޔަންކޮށްފި އެވެ.

އާމިރު މީގެކުރިން ވަނީ އެސްޓީއޯގެ ބޯޑު މެންބަރުކަން ކުރައްވާފަ އެވެ.

މުރާދު އަކީ އެސްޓީއޯގައި އިސް މަގާމުތަކެއް ފުރުއްވައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން އެ ކުންފުނީގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށްވެސް މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ބޭފުޅަކު އައްޔަންކޮށްފަ އެވެ. އެގޮތުން މިމަގާމަށް އައްުޔަންކުރައްވާފައިވަނީ އެސްޓީއޯގެ ބޯޑު މެންބަރު ކަމާއި އެ ކުންފުނީގެ އޮޑިޓް އެންޑް ރިސްކް ކޮމިޓީގެ ޗެއާމަންގެ މަގާމު ފުރުއްވާފައިވާ ޝިމާދު އިބްރާހީމް އެވެ.