މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގުގެ ވިޔަފާރީގައި އުޅޭ މީހަކު ކޯޓަށް ހާޒިރުކުރަން ހޯދަނީ

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ކަމުގެ ކުށުގައި ކޯޓަށް ހާޒިރުކުރަން ޖެހޭ މީހަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ހ. ގުރާތުންގެ، އިބްރާހިމް އާޒިމް (32އ) އެވެ.

ފުލުހުން އޭނާ ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އިބްރާހީމް ކޯޓަށް ހާޒިރުކުރަން ޖެހެނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 9:30 ގައެވެ.

ފުލުހުން ބުނި ގޮތުގައި އިބްރާހީމް ހޯދަނީ ކެނަބިސް ޓްރެފިކް ކުރުމާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެންނެވެ.

އިބްރާހިމް އާޒިމްއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.