އިންޑިއާ އިން ފިޔާ ބޭރުކުރުން މަނާކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ވަގުތީ ގޮތުން މިބަދަލު ގެނައުމުން އިންޑިއާ ސަރުކާރުން ނިންމީ އިއްޔެގެ ވަގުތެއްގައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ އިންޑިއާ އިން މިފިޔަވަޅު އެޅުމަށް އަންނަ އަހަރުގެ މާޗް މަހާ ހަމައަށެވެ.
މިއީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ -- ލޮކް ސަބާ އަށް މެންބަރުން ހޮވުމަށް އަންނަ އަހަރު ބާއްވާ އިންތިހާބާ ގުޅިގެން ސަރުކާރު ހިންގާ ބީޖޭޕީއަށް ލިބިދާނެ ގެއްލުމަކާ ގުޅިގެން އަޅާ ފިޔަވަޅެއް ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އިންޑިއާ އިން ފިޔާ ބޭރުކުރުން މަނާކުރަން ނިންމި ނަމަވެސް މިހާރު ފައިސާ ދައްކާފައިވާ ޝިޕްމަންޓްތައް އެ ގައުމުން ބޭރުކުރެވޭނެ ކަމަށްވެސްވެ އެވެ. އަދި ފިޔަވާ ބޭރުކުރުން މަނާކުރުމުގެ މުއްދަތުގެ ތެރޭގައިވެސް އެހެން ގައުމަކުން ފިޔާ ބޭނުންވެގެން އެދިއްޖެނަމަ ހާއްސަ ހުއްދައެއްގެ ދަށުން ފިޔާ ބޭރުކުރަން ފުރުސަތު ދޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.