ދުނިޔެ

21 މީހުންނާއެކު ނޭޕާލްގެ ފްލައިޓެއް ގެއްލިގެން ހޯދަން ފަށައިފި

ނޭޕާލްގެ ޓާރާ އެއާގެ ފްލައިޓެއް ނޭޕާލުގެ ޖޮމްސޮމް އަވަށަށް ދިޔަ މަގުމަތީގައި ގެއްލިގެން ހޯދަން ފަށައިފިއެވެ. މި ފްލައިޓު ގެއްލިފައިވާ ކަމަށް ލަފާ ކުރެވެނީ ނޭޕާލުގެ ފަރުބަދަ ގިނަ ސަރަހައްދެއްގެ މަތިން އުދުހެނިކޮށެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޕޮކްހާރާއިން ނައްޓާލި މި ފްލައިޓުގައި 18 ޕެސެންޖަރުންނާއި ތިން ފްލައިޓު ކްރޫން ތިބި ކަމަށް ޓާރާ އެއާގެ ސްޕޯކްސްޕާސަން ވިދާޅުވިއެވެ.

ނޭޕާލުގެ ޖޮމްސޮމް އަށް ފްލައިޓުގައި ދާން ނަގާނީ 19 މިނެޓު ކަމަށް ސްޕޯކްސްޕާސަން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ނައްޓާލިތާ އަށް މިނެޓު ފަހުން ކޮންޓްރޯލް ޓަވަރަށް ފްލައިޓުގެ ސިގްނަލް ގެއްލިއްޖެއެވެ. އަދި މި ފްލައިޓު ހޯދުމަށް އެއް މިލިޓެރީ ހެލިކޮޕްޓަރާއި، ދެ ޕްރައިވެޓު ހެލިކޮޕްޓަރު ވަނީ ގެއްލުނު ކަމަށް ލަފާ ކުރެވޭ ސަަރަހައްދަށް ނައްޓާލާފައެވެ.

ޓާރާ އެއާގެ ސްޕޯކްސްޕާސަން ވިދާޅުވެފައިވަނީ ފްލައިޓު ނައްޓާލި އިރު އުޑުމަތި ސާފުކަމަށެވެ. ފްލައިޓަށާއި އޭގައި ތިބި މީހުންނަށް ވީ ގޮތެއް އަދިއެއް އިނގިފައެއް ނުވެ އެވެ.