އެމްޓީސީސީ

އަމީނީ މަގުގެ ބަސް ރޫޓަށް ބަދަލުތަކެއް ގެނެސްފި

އެމްޓީސީސީގެ ހެޑް އޮފީސް ކައިރީގައި އެމްޓީސީސީގެ އާރްޓީއެލް ބަހެއް -- ފޮޓޯ: އެމްޓީސީސީ
0%
0%
0%

މާލޭގައި ދޭ ބަހުގެ ހިދުމަތުގައި ހިމެނޭ އަމީނީ މަގުގެ ބަސް ރޫޓިން އަށް ބަދަލުތަކެއް ގެނެސްފި އެވެ.

އެމްޓީސީސީ އިން މިބަދަލު ގެނެސްފައި މިވަނީ ތާރުއަޅައިގެން ހަދަމުންދާ އަމީނީ މަގުގައި ނުނިމި އޮތް އެންމެ ފަހު ސެގްމަންޓްގެ މަސައްކަތް މިއަދު ފެށުމާ ގުޅިގެންނެވެ.

އެގޮތުން މިހާރު ވަނީ އަމީނީ މަގުގައި ހުންނަ ދިވެހިރާއްޖޭގެ އަޑުބިލްޑިންއާއި ހަމައިން ފެށިގެން އަމީނީ މަގުން ހުޅަނގަށް އޮންނަ ބައި އެއްކޮށް ބަންދުކޮށްފަ އެވެެ.

އެމްޓީސީސީއިން އަމީނީ މަގު ބަސް ދަތުރުއަށް ގެނައި ބަދަލުތައް -- ފޮޓޯ:އެމްޓީސީސީ

ބަސް ދަތުރުގެ ރޫޓަށް ގެނައި ބަދަލާ އެކު އަމީނީ މަގުގެ ބަސް ދަތުރު އާރް 11ގެ ބަސް ދަތުރު ކުރާނީ އަމީނީ މަގުން ގޮސް ހަނދުވަރީ ހިނގުމަށް އެޅުމަށްފަހު މަޖީދީ މަގުންނެވެ. އަދި އާރް 10 (އޯކިޑް ރޫޓް)ގެ ދަތުރުތައް މަޖީދީ މަގުންގޮސް ވެސްޓް ޕާކް ބަސް ހުއްޓިން އަނބުރާލާ ގޮތަށެވެ.

އެމްޓީސީސީ އިން ބުނީ އާރް1 އަދި އާރް3ގެ ދަތުރުތައް ފަށާ ބަސް ހުއްޓި ކަމަށްވާ އާރް7ގެ ބަސް ދަތުރު ހުއްޓާ އެންމެ ފަހު ބަސް ހުއްޓިއަކީ މާފަންނު ބަސް ޓާމިނަލް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345