އެލައިޑް އިންޝުއަރެންސް

އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ލުވައިޒް

އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސައިން ލުވައިޒް އައްޔަންކުރައްވައިފި އެވެ.

އެލައިޑް އިންޝުއަރެންސްގައި އޮގަސްޓް 2002 އިން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ލުވައިޒް މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދު އެވެ.

ލުވައިޒް ވަނީ ލަންޑަންގެ ޗާޓަޑް އިންޝުއަރެންސް އިންސްޓިޓިއުޓް އާއި ދަ އޮސްޓްރޭލިއަން އެންޑް ނިއު ޒީލޭންޑް އިންސްޓިޓިއުޓް އޮފް އިންޝްއުަރެންސް އެންޑް ފައިނޭންސް އިން ތައުލީމު ހާސިލުކުރައްވާފަ އެވެ.

މީގެ އިތުރުން މެލޭޝިއަން އިންޝުއަރެންސް އިންސްޓިޓިއުޓް އާއި ސިންގަޕޯ ކޮލެޖް އޮފް އިންސްޓިޓިއުޓް އިން ތައުލީމު ހާސިލު ކުރައްވާފަ އެވެ.