ރައީސް އޮފީސް

ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފޮރިން ސެކްރެޓަރީގެ މަގާމަށް ފާތިމަތު އިނާޔާ މިއަދު އައްޔަންކުރައްވައިފި އެވެ.

ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވާފަައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އިނާޔާ އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ މިނިސްޓަރުގެ ނައިބުގެ މަގާމުގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ އައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަނުކުރެއްވި ފުރަތަމަ ފަހަރެވެ.