ޒަޔަނިސްޓް ޔަހޫދީންގެ ބޮޑުބަޑިތަކުންނާއި ފައިޓަރު ޖެޓުތަކުން ލުބްނާނަށް ވައިޓް ފޮސްފަރަސް ބޮން އަޅައިފި އެވެ.
މިއީ ޔަހޫދީ ޒަޔަނިސްޓުންނަށް އެމެރިކާއިން ފޯރުކޮދިން -- ހަނގުރާމަތަކުގައި ވަކިން ހާއްސަކޮށް އާންމުން ދިރިއުޅޭ ތަންތަނަށް ހަމަލާދިނުން މަނާ ވިހަ މާއްދާ އެކެވެ.
ވައިޓް ފޮސްފަރަސް އަކީ ކޮންމެވެސް ވަރެއްގެ ތަތްކަމެއް ހުންނަ މާއްދާއެކެވެ. ވައިގެ ތެރެއަށް ދޫކޮށްލުމުން -- އޮކްސިޖަންއާ އެކުވުމުން ވަރަށް ގަދައަށް، 800 ޑިގްރީ ހޫނުމިނުގައި އަނދާ މާއްދާއެކެވެ.
ވައިޓް ފޮސްފަރަސް އަނދަން ފެށުމުން ދަނގަޑާއި ސްޓީލް ފަދަ މާއްދާތައް ވަރަށް ފަސޭހަކަމާ އެކު އަނދައިގެން ދެ އެވެ.
އިންސާނުންގެ ގައިގާ ޖެހިޖެއް ނަމަ ކައްޓާ ޖެހެންދެން މަސްތައް ވިރި އަނދައިގެންދެ އެވެ. މިއީ އާދައިގެ އަލިފާނުން ފިހުމަށް ވުރެ ވޭންގަދަ ފިހުމެކެވެ.
ގައިގެ މަސްތައް ފިހުމުގެ އިތުރުން އެއިން އަރާ އާވީގެ ސަބަލުން ލޯކަނުވުން، ފުއްޕާމޭ ހަލާކުވުން އަދި ހަށިގަނޑަށް ގިރިއްޖެ ނަމަ ކިޑްނީ ފޭލިވުން ހިމެނެ އެވެ.
ޒަޔަނިސްޓު ޖެޓުތަކުން ޣައްޒާއަށް ވައިޓް ފޮސްފަރަށް ބޮން އެޅި ކަމަށް "ހިއުމަން ރައިޓްސް ވޮޗް" އިން ބުނި ބުނުމެއް ޔަހޫދީން ވަނީ ދޮގުކޮށްފަ އެވެ.
ނަމަވެސް ހިއުމަން ރައިޓްސް ވޮޗުން ބުނި ގޮތުން އެ ޖަމާއަތުން ހެދި ޓެސްޓްތަކުން ޔަހޫދީން ވައިޓް ފޮސްފަރަސް ބޭނުންކުރިކަން ވަނީ ސާބިތުކުރެވިފަ އެވެ.
ހިއުމަން ރައިޓްސް ވޮޗުން ބުނާ ގޮތުން ޣައްޒާ ހަނގުރާމަ ފެށުނުތަނުން ޣައްޒާއާ ދެކޮޅަށް ޔަހޫދީ ޖެޓުތަކުން ވައިޓް ފޮސްފަރަސް ބޭނުންކުރި އެވެ. އަދި ލުބްނާނަށް ވެސް ވަނީ ވައިޓް ފޮސްފަރަސް ބޮން އަޅާފަ އެވެ.
ޒަޔަނިސްޓުން ލުބުނާނަށް މިހާރު ދެމުން ގެންދާ ހަމަލާތަކުގައި ވެސް ވައިޓް ފޮސްފަރަސް ބޭނުންކުރި ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެ އެވެ.
ވައިޓް ފޮސްފަރަސް އަކީ އިންސާނުންނަށް ނުރައްކާތެރިކަން ބޮޑު މާއްދާއެއް ނަމަވެސް، ޣައްޒާ އަށާއި ލުބްނާނަށް ބޮންއެޅުމަށް މި މާއްދާ ހިމަނައި އުފައްދާފައި ހުރި ބޮން ޔަހޫދީންނަށް ސަޕްލައިކުރަނީ އެމެރިކާއިންނެވެ.
ޒަޔަނިސްޓުންނަކީ މުސްލިމުންގެ އަދާވާތްތެރިންނެވެ. މުސްލިމުންނާ ދެކޮޅަށް ކޮންމެ ފަދަ ހަތިޔާރެއް ބޭނުންކުރަން ޖެހުނަސް އެ މީހުން ތިބޭނީ އުފަލުންނެވެ.
ޒަޔަނިސްޓު ޔަހޫދީންނަކީ އެ މީހުންގެ އަމިއްލަ މީހުން ވެސް ނޮޅައި ހަނާކުރަން ފަސްޖެހޭ ބައިގަނޑެއް ނޫނެވެ.