ހަބަރު

އިމްރާންގެ ލޭގެ ޓެސްޓެއް ހަދައިފި

ލޭގެ ޓެސްޓެއް ހެދުމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އައިޖީއެމްއެޗްގެ ލެބައް ދައްކައިފި އެވެ. އިމްރާން އައިޖީއެމްއެޗަށް ގެނައީ މިއަދު ހެނދުނު އެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު ހަސަން އަލީ އަވަސްއަށް ވިދާޅުވީ މިއަދު އިމްރާންގެ ލޭގެ ޓެސްޓެއް ހެދުމުގެ ގޮތުން މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗްގެ ލެބައް ދައްކާފައިވާނެ ކަމަށެވެ. އަދި ލެބުން ޓެސްޓު ހެދުމަށް އިމްރާން އަނބުރާ މާފުށީ ޖަލަށް ފޮނުވާލާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ. އިމްރާންގެ ހާލުކޮޅު ރަނގަޅު ކަމަށް އޮފިސަރު ވިދާޅުވި އެވެ.

ދައުވަތުން ޓެރަރިޒަމްގެ ދައުވާ އުފުލައި އިމްރާންގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފަ އެވެ. އެ ހުކުމަށް އަދާލަތު ޕާޓީއާއި އެމްޑީޕީގެ އިތުރުން ބައެއް ބޭރުގެ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާދު ކިޔާފަ އެވެ. އިމްރާން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފުކުރުމަށް ހައިކޯޓު ދިއުމަށް ނިންމަވާފަ އެވެ.