ދިވެހި ސިނަމާ

ޓެޑްރީގެ "ލަސްވިޔަސް" އޭޕްރީލް 12ގައި އޮލިމްޕަހަށް

ޒޯޔާ ހަސަން އިބްރާހިމް ލަސްވިޔަސްގެ މަންޒަރެއްގައި -- ފޮޓޯ: ޓެޑްރީ
100%
0%
0%

މުހައްމަދު ނިޔާޒު ޓެޑްރީ ޑައިރެކްޓްކޮށްފައިވާ ފިލްމު "ލަސްވިޔަސް" ޕްރިމިއާ ކުރާ ތާރީހް އިއުލާންކޮށްފި އެވެ.

އެގޮތުން މި ފިލްމު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަނަނަ އަހަރުގެ އޭޕްރީލް 12 ވަނަ ދުވަހު އެވެ.

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މިފިލްމުގެ ޓްރެއިލާ ނެރުމަށް ހަމަޖެހިފައިވާއިރު އަންނަ މަހު ފިލްމާ ގުޅޭ ބައެއް މައުލޫމާތުތައް ހާމަކުރަން ޓެޑްރީގެ ޓީމުން ވަނީ ނިންމާފަ އެވެ.

ލަސްވިޔަސް ޕްރޮމޯޓްކުރަން ގެންގުޅޭ ޕޯސްޓަރެއް -- ފޮޓޯ: ޓެޑްރީ

ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހިމް މި ފިލްމުގައި މުހިއްމު ރޯލަކުން ފެނިގެންދެ އެވެ. ފިލްމުގައި ޒޯޔާ އަކީ ކެންސާ ޕޭޝަންޓެކެވެ.

ލަސްވިޔަސްގައި އަހްމަދު އީސަ (އާނަންދު) އާއި ވާޝިޔާ މުހައްމަދު ލީޑް ރޯލުތަކުން ފެނިގެންދާއިރު ފައުޒިއްޔާ ހަސަން އާއި ރީކޯ މޫސާ މަނިކު ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ލަސްވިޔަސް އަކީ ޓެޑްރީގެ ދެވަނަ ފީޗާ ފިލްމެވެ. އޭނާ ފުރަތަމަ ޑައިރެކްޓް ކުރި "ދެރިޔާ" އަކީ އޭރުގެ އެންމެ ކާމިޔާބު ފިލްމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345