ސޯވިއެޓް ޔޫނިއަން ރޫޅުމަށްފަހު ހުޅަނގާ އެކު ދެމެހެއްޓެނި މަސައްކަތްތަކެއް ކުރެއްވޭނެ ކަމަށް ގަބޫލުކުރެއްވި ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
ހުޅަނގާ އެކު ރަޝިއާ އިން މިހާރު ތަޖުރިބާ ކުރަމުންދާ ފަދަ ދުވަސްތަކެއް ތަޖުރިބާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ދުވަހަކު ވެސް ކުރިން ހީކުރެވިފައި ނުވާ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ. ނަމަވެސް ޕޫޓިން ވިދާޅުވީ ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިއުމަށް ފަހު ރަޝިއާއާ މެދު ހުޅަނގުން ގެންގުޅޭ ހަތުރުވެރިކަމަށް އަދިވެސް ބަދަލެއް ނާންނަ ކަމަށެވެ.
ޕޫޓިން ވިދާޅުވީ ހުޅަނގަކީ ރަޝިއާއަށް ހެޔޮ އެދޭ ބައިގަނޑަކަށް ވާނެ ކަމަށް އުއްމީދުކުރެއްވި ކަމަށާއި އެކަމަކު އެއީ ގޯސްކޮށް ކުރެއްވުނު އުއްމީދެއް ކަމަށެވެ. ސޯވިއެޓް އިންޓެލިޖެންސުން ހުޅަނގާ ގުޅޭގޮތުން އެއްކުރި ވަރަށް ގިނަ މައުލޫމާތު މިހާރު ލިބިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވީ ހުޅަނގުގެ ރޭވުންތައް ހުރި ގޮތް އަންދާޒާ ކުރެވުނު ނަމަވެސް ހީފުޅުކުރެއްވީ -- ޕޫޓިން ވިދާޅުވި ގޮތުގައި ސޯވިއެޓް ޔޫނިއަން ބައިބައިވުމާ އެކު ހުޅަނގުން އެކަންތައްތައް ދޫކޮށްލާނެ ކަމަށް ކަމަށެވެ. ރަޝިއާގެ ފަރާތުން ހުޅަނގަށްވެސް ފައިދާތަކެއް ވާނެ ކަމަށް ހުޅަނގުން ދެކޭނެ ކަމަށް އުއްމީދު ކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވީ ހުޅަނގަށް އޮތް ހަމައެކަނި މައްސަލަ އަކީ ސޯވިއެޓް ޔޫނިއަން ކަމަށް ގަބޫލުކުރެއްވި ކަމަށާއި ސޯވިއެޓް ޔޫނިއަން ބައިބައިވުމުން ރަޝިއާއާ އެކު ގާތް ގުޅުމެއް ހުޅަނގުން ގެންގުޅޭނެ ކަަމަށް ވަރަށް ބޮޑަށް ގަބޫލުކުރެއްވި ކަމަށެވެ.
ޕޫޓިން ވިދާޅުވީ އަދުގެ ހާލަތަށް ބަލާއިރު ހުޅަނގުން ގެންގުޅެނީ ރަޝިއާއަށް ލަނޑުދީފައި ހުރިހާ ފައިދާއެއް އެ މީހުންނަށް ލިބެން ޖެހޭ ވިސްނުމެއް ކަމަށެވެ.
ޔުކްރޭން ހަނގުރާމަ އަކީ ހުޅަނގު އަޑީގައި އޮވެގެން ކުރުވާ ހަނގުރާމައެއް ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ. ހުރިހާވެސް އުއްމީދަކީ ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިއާ ކުޑަކަކުލަށް ތިރިކޮށް ހުޅަނގަށް ސަލާންޖަހާ ވަރު ކުރުވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިއާއަށް ކަމެއް ކޮށްދޭނެ އެއްވެސް ބަޔަކު ހުޅަނގަށް ފޫޅުކެނޑި ޖަމާއަތްތަކުގައި ނެތް ކަމަށެވެ. އިގުތިސާދީ ގޮތުންނާއި މާލީ ގޮތުން ރަޝިއާއަށް ދަތިކުރެވެން ހުރި ހުރިހާ ދިމާއަކުން ހުޅަނގުން ވަނީ ދަތިކޮށްފައި ކަމަށްވެސް ވިދާޅުވި އެވެ.
ޕޫޓިން އިތުރަށް ވިދާޅުވީ ރަޝިއާ އަކީ ތަރައްގީގައި އަދި ދުނިޔޭގެ އިގުތިސާދުގައިވެސް މުހިއްމު ބައިވެރިއެއް ކަމަށެވެ. ޔުކްރޭން ހަނގުރާމައަށް ފަހުވެސް އަދި މިހާރު ވެސް ރަޝިއާ އަކީ އަމިއްލަ ފައިމަތީގައި ހިންގާ ބިޔަ އާބާދީއެއް ކަމަށްވެސް ވިދާޅުވި އެވެ.