ބަރެސްދޫ

ބަރެސްދޫ ބަލަަހައްޓައިދޭނެ ފަރާތެއް ހޯދަނީ

އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ލ. ބަރެސްދޫ ސާފުކޮށް ބަލަހައްޓާނެ ބަޔަކު ހޯދަން ފަށައިފި އެވެ.

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އާއި ހަވާލުކޮށްގެން މިމަޝްރޫއު ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

އެމްއައިޓީޑީސީ އިން ބަރެސްދޫ ކުއްޔަށް ދޭން ނިންމާފައިވަނީ އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ. ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކު 20،000 ރުފިޔާ އެވެ.

ބަރެސްދޫ ކުއްޔަށް ނަގާ ފަރާތުން އެރަށުގައި ހަދާފައިވާ ބަނދަރާއި ކޯޒްވޭ ބައެއް އިމާރާތްތަކާއި އަދި އެރަށަށް ޒިޔާރަތް ކުރާ މީހުންނަށް ތިބެވޭހެން ހަދާފައިވާ ކޮޓަރިތައް ބަލަހައްޓާ އާބާތުރަ ފިލުވަންޖެހެ އެވެ.

ބަރެސްދޫ ބެލެހެއްޓުމަށް އަބަދުވެސް އެރަށުގައި ހަތަރު މީހުން ތިބުމަށް ޝަރުތުކޮށްފައިވާއިރު އެރަށުގެ ރުއްގަސް ސާފުކޮށް ބަލަހައްޓަން ޖެހެ އެވެ.