މޯލްޑިވްސް ޕޮލިސް ސާވިސް

މަކަރާއި ހީލަތް ހެދުމުގެ ކުށުގައި މީހަކު ހޯދަނީ

މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ކޯޓަށް ހާޒިރުކުރަން ޖެހޭ މީހަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ތ. ވިލުފުށި، ފީރޯޒްގެ، ހަސަން ނިޒާރު (53އ) އެވެ. އެވެ.

ފުލުހުން ބުނީ ހަސަން ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ހަސަން ކޯޓަށް ހާޒިރުކުރަން ޖެހެނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

ފުލުހުން ބުނި ގޮތުގައި ހަސަން ހޯދަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައަކާ ގުޅިގެންނެވެ.

ހަސަން ނިޒާރުއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.