ނެޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު

އެންސީޓީސީގެ ވެރިޔަކަށް ވައިސް ވަހީދު

ވައިސް ވަހީދު
0%
0%
100%

ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަ (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނަރަލްގެ މަގާމަށް މޭޖާ ޖެނަރަލް ރިޓަޔާޑް ވައިސް ވަހީދު ހަމަޖައްސައިފި އެވެ

އެންސީޓީސީގެ ޑިރެކްޓާ ޖެނަރަލްގެ މަގާމަށް ވައިސް ވަހީދު ހަމަޖެއްސި ވަކި ދުވަހެއް އެނގިފައެއް ނުވެ އެވެ.

ވައިސް ވަހީދު ސިފައިންގެ ހިދުމަތުގައި 34 އަހަރު މަސައްކަތް ކުރެއްވުމަށްފަހު ރިޓާޔާ ކުރެއްވީ މިހިނގާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

އެންސީޓީސީގެ އިސްވެރިން އިމިގްރޭޝަން ކޮންޓްރޯލަރާ ބައްދަލުކުރައްވާއިރު ރަތް ޓައި އަޅުއްވައިގެން ވައިސް ވަހީދު

އެންސީޓީސީގެ ވެރިޔަކަށް އެންމެ ފަހުން ހުންނެވީ ޑިސެމްބަރު 9، 2021 ގައި ސިފައިންގެ ހިދުމަތުން 37 އަހަރަށްފަހު ރިޓަޔާ ކުރެއްވި ޒަކަރިއްޔާ މަންސޫރު އެވެ.

ޒަކަރިއްޔާ މަގާމުން ވަކިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެންސީޓީސީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ޓެރަރިޒަމްގެ މައްސަލަތައް ބަލައި އެކަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345