އުމްރާ ދަތުރު

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ރާއްޖެއިން އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.

ނިޔާވީ ހދ. ހަނިމާދޫ، އަލަމާގެ، ހާލިދު އިބްރާހީމް އެވެ.

އޭނާ ރޭ ދަންވަރު ނިޔާވާން ދިމާވި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.

އޭނާ އުމްރާއަށް ދިޔައީ މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގަ އެވެ.