ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާ ސަފީރާއި ޑިފެންސް ޗީފް ބައްދަލުކުރައްވައިފި

އިންޑިއާ ސަފީރާއި ޑިފެންސް ޗީފް މިއަދު ބައްދަލުކުރައްވަނީ -- ފޮޓޯ: އެމްއެންޑީއެފް
0%
0%
0%

ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި އިންޑިއާގެ ސަފީރު މުނޫ މަހާވަރް މިއަދު ބައްދަލުކުރައްވައިފި އެވެ.

އެމްއެންޑީއެފްގެ ހެޑްކުއާޓަރުގައި ކުރިއަށް ގެންދިޔަ މިބައްދަލުކުރެއްވުމުގައި އިންޑިއާ އެމްބަސީގެ ޑިފެންސް އެޑްވައިޒަރު ކެޕްޓަން ޑީޕަކް ބާލީ ވެސް ބައިވެރިވެވަޑައިގަތެވެ.

އަބްދުއްރަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި ސަލާމަތީ ކަންކަމުގައި ދެ ގައުމުން މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއް ދިނުމާ ގުޅޭގޮތުން ކަމަށެވެ.

އިންޑިއާގެ ސަފީރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ދިފާއީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އިންޑިއާ ސަފީރާއި ޗީފް އަބްދުއްރަހީމް ބައްދަލުކުރައްވާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންގާފައި ވަނިކޮށެވެ. އިންޑިއާ ސިފައިން ބޭލުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސްގެ މުއިއްޒުގެ ސަރުކާރުން ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ އަމަލީ މަސައްކަތްތަކެއް ހިނގާ ތަނެއް ނުފެނެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުއިއްޒު ރިޔާސީ ކެމްޕޭންގައި ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910