ސިނަ މާލެ ބްރިޖް

ބްރިޖުގެ އެއްފަޅި މިރޭ ބަންދުކޮށްލަނީ

ސިނަމާލެ ބްރިޖު އެއްފަޅި މިރޭ ދަންވަރުގެ ވަގުތެއްގައި ބަންދުކުރަން ނިންމައިފި އެވެ.

ފުލުހުން ބުނީ ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށްޓަކައި ބްރިޖުގެ މާލެ އިން ހުޅުމާލެ އަށްދާ ފަޅި ބަންދުވާނެ ކަމަށެވެ.

ބްރިޖު ބަންދުކުރަނީ މިރޭ މެންދަމު 1:00 އިން ފެށިގެން ދެ ގަޑިއިރަށް ކަމަށް ފުލުހުން ބުނެ އެވެ.

ބްރިޖުގައި ކުރަން އުޅޭ ވަކި މަސައްކަތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ބްރިޖުގެ އެއްފަޅި ދެ ގަޑިއިރަށް ބަންދުކުރި ނަމަވެސް އެ ވަގުތަށް އެކަނި ބްރިޖުގެ އަނެއް ފަޅިން ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތް ހަދާނެ ކަމަށެވެ. އެހެންކަމުން މާލެ އިން ހުޅުމާލެއަށް އަދި ހުޅުމާލެ އިން މާލެއަށް ދިއުމަށް އެއްވެސް ދަތިކަމެއް ނޯންނާނެ އެވެ.