ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

ވިއްސާރައިގައި ފުވައްމުލަކާއި އައްޑޫގެ 97 ގެއަކަށް ގެއްލުންވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކާއި އައްޑޫގެ 97 ގެއަކަށް ގެއްލުންވެއްޖެ އެވެ.

މިވިއްސާރައިގައި އައްޑޫގެ ފަސް ރަށަކަށް ގެއްލުންވެ ބައެއް ގެތަކުން ކަރަންޓް ގޮސް އަދި ހިފާ ގެންގުޅޭ ބައެއް ސާމާނަށް ގެއްލުންވެފައިވެ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން ބުނީ ބައެއް ގެތަކަށް ގެއްލުންވި ނަމަވެސް އެއްވެސް ގެއަކުން މީހުން ހުސްކުރަންޖެހޭ ހިސާބަށް ނުދާ ކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ ފެން ހިންދުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅޭ އިދާރާތަކުން ކޮށްފައިވާ ކަމަށެވެ.


އެންޑީއެމްއޭ އިން ބުނި ގޮތުގައި އެއްވެސް ގެއަކުން މީހުން ހުސްކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަދަ ހާލަތަކަށް ނުދެ އެވެ. އަދި ފެންބޮޑުވުމާއި ގުޅިގެން އެ ސިޓީގެ ރަށްތަކުގައި ފެން ހިއްކުމާއި ކޯރުކެނޑުމާއި ވެލި ބަސްތާ ޖެއްސުން ފަދަ މަސައްކަތްތައް ދަނީ ހިނގަމުންނެވެ. ފެންބޮޑުވުމާއި ގުޅިގެން ލިބުނު ގެއްލުން ވަޒަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

އައްޑޫގެ ރަށްތަކުގައި ފެންބޮޑުވި ގޭގޭގެ އަދަދު

  • ހިތަދޫ 9 ގެ
  • ފޭދޫ 60 ގެ
  • މަރަދޫ 13 ގެ
  • ހުޅުދޫ 10 ގެ
  • މަރަދޫފޭދޫ 5 ގެ

އައްޑޫއަށް ފުވައްމުލަކަށް ކުރމަުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވީ ފޭދޫ އަށެވެ.

އެންޑީއެމްއޭ އިން އިތުރަށް ބުނީ ވިއްސާރައާއި ގުޅިގެން ލިބިފައިވާ ގެއްލުންތައް ވަޒަން ކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.