އެމްއެންޑީއެފް

ގޭސް ލީކްވެ ހިނގި ހާދިސާއެއްގައި މީހަކު ފިހިއްޖެ

މ. ބްލޫލައިޓް ހަވަނަ ފަންގިފިލާގައި ގޭސް ލީކްވެ ހިނގި ހާދިސާއެއްގައި މީހަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މިހާދިސާގައި އަންހެނެއްގެ ހަށިގަނޑުގެ 10 ޕަސަންޓް ފިހުނު ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށެވެ.

މިއަދު މެންދުރުފަހު 2:20 ހާއިރު މިހާދިސާ ހިނގާފައިވަނީ ގޭސް ފުޅިން އުނދުނަށް ގުޅާފައި އިން ހޮޅި ބާރުކުރަން އިން ނަޓު ދޫވެފައި ހުއްޓަ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

މިހާދިސާގައި އެ ގޭގެ ދޮރެއްގެ ބިއްލޫރިގަނޑެއްވެސް ތަޅައިގެން ގޮސްފައިވެ އެވެ.