އާ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން ބާއްވަން އުޅުނު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު ކެންސަލް ކޮށްފި އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި މިއަދު ކުރިއަށް ގެންދާ ގޮތަށް ކުރިން ރޭވިފައި އޮތް ކުޑަކުދިންގެ ހަވީރު ކެންސަލް ކުރީ މޫސުން ގޯސްވުމާ ގުޅިގެންނެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމު ކޮށްގެން އާ އަހަރު ފާހަގަކުރަން މިރެއަށް އިންތިޒާމު ކުރި ހަރަކާތްތައްވެސް ކުރިން ވަނީ ކެންސަލް ކޮށްފަ އެވެ. މީގެތެރޭގައި މިއުޒިކް ޝޯ އާއި ލޭޒާ ޝޯ އަދި ހަވާ އެރުވުމުގެ ހަރަކާތް ހިމެނެ އެވެ.
އާ އަހަރުގެ ހަރަކާތްތައް ބާއްވާނެ ދުވަހެއް ފަހުން ހާމަކުރާނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯހެވެ. ރެއިން ފެށިގެން މާލެއަށް ހުއްޓުމެއް ނެތި ވާރޭވެހެމުން އެބަދެ އެވެ.