އެމްއެންޑީއެފް

ކޮމާންޑް ސާޖަންޓް މޭޖަ އަހްމަދު އަބްދުﷲ ރިޓަޔާ ކުރައްވައިފި

0%
0%
0%

ދިވެހި އަސްކަރިއްޔާގައި ދިގު މުއްދަތަކު ހިދުމަތް ކުރައްވާފައިވާ ކޮމާންޑް ސާޖަންޓް މޭޖަ އަހްމަދު އަބްދުﷲ ރިޓަޔާ ކުރައްވައިފި އެވެ.

އަހްމަދު އަބްދުﷲ ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމަށް އެމްއެންޑީއެފްގެ ހެޑްކުއާޓަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ އިސްވެރިންނާއި އާއިލާގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އަހްމަދު އަބްދުﷲ އަކީ ދިވެހި އަސްކަރިއްޔާގެ އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަގާމު ކަމުގައިވާ "ސާޖަންޓް މޭޖަ އޮފް އެމްއެންޑީއެފް"ގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ.

އޭނާ އެންމެ ފަހުން ހުންނެވީ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން ސެންޓަރުގައި ދިވެހި އަސްކަރިއްޔާ ތަމްސީލްކުރައްވާ މެންބަރެއްގެ ގޮތުގައެވެ.

ކޮމާންޑް ސާޖަންޓް މޭޖަ އަހްމަދު އަބްދުﷲ ސިފައިންގެ ހިދުމަތުން ރިޓަޔާކުރައްވާފައި މިވަނީ 31 އަހަރު ސިފައިންގެ ހިދުމަތުގައި އުޅުއްވުމަށްފަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910