މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

އެމްކިއުއޭގެ ސީއީއޯގެ މަގާމަށް ފިޒާނާ

ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ (ވ)ގައި އަދި ފިޒާނާ (ކ)ގައި
0%
0%
0%

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯގެ މަގާމަށް މަރިޔަމް ފިޒާނާ ރަޝީދު އައްޔަންކުރައްވައިފި އެވެ.

އެމްކިއުއޭ އަކީ މިނިސްޓްރީ އޮފް ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިންގަމުންދާ އިދާރާ އެކެވެ.

އެހެންވެ އެމްކިއުއޭގެ ސީއީއޯގެ މަގާމުގައި ފިޒުނާ ހުންނަވާ ހަޔަ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެމްކިއުއޭގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޑރ. އަބްދުލް ހަންނާން އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ދައްތަ ފިޒާނާ މީގެކުރިން ވަނީ އެމްކިއުއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީންގެ މަގާމުވެސް ފުރުއްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345