މިސްކިތް

ޒިކުރާ މިސްކިތަށް ބިސް ޖެހި މައްސަލަ ބަލަނީ

މާލޭގެ ޒިކުރާ މިސްކިތުގެ ތެރެއަށް ބިސް ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

މަޖީދީ މަގުގައި ހުންނަ މިސްކިތަށް ބިސް ޖެހި ވަކި ވަގުތެއް އެނގޭ ގޮތެއް ނުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު މިރޭ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޒިކުރާ މިސްކިތަށް ބިސް ޖެހި މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައީ ރޭ މެންދަމުގެ ވަގުތުގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގުނު ހިސާބުން މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި. އެތަނަކީ ސީސީޓީވީ ހުރި ތަނަކަށް ވާތީ އެ ފްޓޭޖުވެސް ފުލުހުންނަށް ވާނީ ހުށަހަޅާފައި." އޮފިޝަލް ވިދާޅުވި އެވެ.

ޒިކުރާ މިސްކިތަށް ބިސް ޖެހި މައްސަލައިގައި ފުލުހުން ބުނީ ބިސް ޖެހި މީހާ ދެނެގަނެވިފައިވާ ކަމަށެވެ. ނަމަވެސް އެމީހާ ހައްޔަރުކުރި ކަމަކަށް ނުބުނެ އެވެ.