މޯލްޑިވްސް ޕޮލިސް ސާވިސް

ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގެ ވެރިންނަށް ފުލުހުންގެ އިންޒާރެއް

ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގެ ވެރިންނަށް ފުލުހުން އިންޒާރު ދީފި އެވެ.

ފުލުހުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ގްރީން ޒޯނާއި ސަލްމާން މިސްކިތް ހުންނަ ސަރަހައްދާއި ބޮޑުތަކުރުފާނު މަގުގައި ކަނޑައަޅާފައިވާ ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި ޕާކް ކޮށްގެން ނުވާނެ ކަމަށެވެ. އަދި މާލޭގެ ބާރުބޮޑު ސަރަހައްދުތަކުގައި ބަރުއުޅަނދު އެއްގޮތަކަށްވެސް ޕާކްކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ މިސަރަހައްދުތަކުގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.