މާލެއާއި ހުޅުމާލެ ގުޅާލާފައިވާ ސިނަމާލެ ބްރިޖާއި ހައިވޭގައި ގަވާއިދާއި ހިލާފަށް ދުއްވާ މީހުންނަށް މެސެޖު ފޮނުވާ ނިޒާމު އޮޓޮމޭޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް ހުސައިން ސަމީރު ވިދާޅުވީ ވަކި ސްޕީޑަކަށް ވުރެ ބާރަށް ދުއްވާ މީހުންނަށް ނަސޭހަތުގެ އަދި ޖޫރިމަނާގެ މެސެޖުތައް މިހާރު މެނުއަލްކޮށް ފޮނުވަމުން ދިޔަ ނަަމަވެސް އެކަން އޮޓޮމޭޓް ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ގަވާއިދާ ހިލާފަށް ދުއްވާ މީހުންނަށް ޖޫރިމަނާގެ މެސެޖުތައް ފޮނުވުމަށް ޓްރެފިކާއި ބެހޭ ގާނޫނާއި ގަވާއިދަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނައުމަށް މިހާރު ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސިނަމާލެ ބްރިޖްގައި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދު އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެކަން އަންގައި ފުލުހުން މެސެޖު ފޮނުވަން ފެށީ މިދިޔަ އޮކްޓޫބަރު 15 ވަަނަ ދުވަހު އެވެ. ނަމަވެސް މިވަގުތު ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ މީހުންގެ ފޯނަށް ދަނީ ނަސޭހަތުގެ މެސެޖެއް އެކަންޏެވެ.