ޓްރެފިކް މައްސަލަތައް

ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓް އަލުން އުފައްދައިފި

ސިނަމާލެ ބްރިޖު ކައިރީގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ -- ފޮޓޯ: އަވަސް
0%
0%
0%

ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓް އަލުން އުފައްދައި މާދަމާ އެ ޑިޕާޓްމަންޓްގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ނިންމައިފި އެވެ.

ފުލުހުންގެ ހިދުމަތުގައި ޓްރެފިކް ޑިޕާޓްމަންޓް ކުރިން އުފައްދާފައި އޮތެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގައި ސިޔާސަތަށް ގެނައި ބަދަލުތަކާ އެކު ޓްރެފިކް ޑިޕާޓްމަންޓް އުވާލީ އެވެ.

ޓްރެފިކް ޑިޕާޓްމަންޓް އަލުން އުފައްދާފައިވާ ކަމަށް ހާމަކޮށްފައިވަނީ ފުލުހުން ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭން ގައެވެ.

މި ޕްލޭނަށް މާދަމާ އިން ފެށިގެން އަމަލުކުރުމަށް ފުލުހުންގެ ހިދުމަތުން ވަނީ ނިންމާފަ އެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓް އަލުން އުފައްދާފައި މިވަނީ މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތައް ވަރަށް ބޮޑަށް އިތުރުވެ އަދި ޓްރެފިކާ ގުޅޭ ތަފާތު މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345