މޯލްޑިވްސް ޕޮލިސް ސާވިސް

މިދިޔަ އަހަރު ޓޯ ކުރީ 15،514 އުޅަނދު، ފިޔަވަޅު އެޅީ 7،606 އުޅަނދަށް

ފުލުހުން މިދިޔަ އަހަރު ޓޯ ކުރި އުޅަނދުތަކެއް -- ފޮޓޯ: އަވަސް
0%
0%
0%

ފުލުހުން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި 73،953 އުޅަނދު ޗެކްކޮށް 7،606 އުޅަނދުގެ ވެރިފަރާތަށް ފިޔަވަޅު އަޅައިފި އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފިޔަވަޅު އެޅި އުޅަނދުތަކުގެ ތެރޭގައި ދެފުރޮޅުލީ 2،005 އުޅަނދާއި ހަތަރު ފުރޮޅުލީ 133 އުޅަނދު ހިމެނެ އެވެ. މީގެތެރޭގައި ނުރައްކާތެރިކޮށް ދުއްވުމާ ގުޅިގެން ފިޔަވަޅު އެޅި ދެފުރޮޅުލީ 271 އުޅަނދާއި ހަތަރު ފުރޮޅުގެ 22 އުޅަނދު ހިމެނެ އެވެ.

މީގެއިތުރުން ވެހިކަލް ދުއްވި 66،347 މީހަކަށް ނަސޭހަތްދީ، 7،606 މީހަކަށް ވަޔަލޭޝަން ސްލިޕް މިދިޔަ އަހަރު ދީފައިވެ އެވެ.

ފުލުހުން މިދިޔަ އަހަރު ޓޯކުރި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 11،645 ސައިކަލާއި، 2،567 ކާރާއި، 478 ޕިކަޕާއި، 369 ވޭން އާއި އަދި 87 ޓްރަކް އެވެ.

މިދިޔަ އަހަރު ޓޯކުރި އުޅަނދުތަކުގެ ތެރެއިން 546 އުޅަނދު ނައްތާލުމަށްފަހު 13،562 އުޅަނދެއް ވެރިފަރާތާ ހަވާލުކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345