ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ކައުންސިލަރު ރީހާން އާއި ނިޒްލީ ޕީއެންސީއަށް ސޮއިކުރައްވައިފި

މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވި ދެ ކައުންސިލަރަކު ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންފި އެެވެ.

އެގޮތުން މިރޭ ޕީއެންސީއަށް ސޮއި ކުރެއްވި ދެ ބޭފުޅުންނަކީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އައިޝަތު ނިޒްލީ ރަޝީދާއި، ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރްުޔަމް ރީހާން ނާޒިމް އެވެ.

މި ދެ ކައުންސިލަރުންގެ ރީހާން މިރޭ ޕީއެންސީއާ ގުޅިވަޑައިގަތީ އޭނާ އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް މެންބަރެއްގެ ގޮތުގައިވެސް ދުވަސްކޮޅަކު މަސައްކަތް ކުރެއްވުމަށްފަހު އެވެ.

ނިޒްލީ އާއި ރީހާން މިރޭ ޕީއެންސީއާ ގުޅިވަޑައިގަތުމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގައި އެމްޑީޕީގެ ކައުންސިލަރެއްގެ ގޮތުގައި މިހާރު ހުންނެވީ އެންމެ ބޭފުޅެކެވެ. އެއީ މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު އަރީޝް އެވެ.

ނިޒްލީ އާއި ރީހާން ޕީއެންސީއާ ގުޅިވަޑައިގަތުމާ ގުޅިގެން ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ދެ ކައުންސިލަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.