ދެކުނު އީރާންގެ ޝިރާޒްގައި ބާރުގަދަ އެއްޗެއް ގޮވައި އަސްކަރިއްޔާ ސަމާލުކަމަށް ގެނުވައިފި އެވެ.
ބާރުގަދަ އެއްޗެއް ގޮވި އަޑުން މުޅި ތަން ގުގުމައިގެން ދިޔަ ނަމަވެސް ގޮވީ ކޮންއެއްޗެއްކަން އަދިވެސް ކަށަވަރު ނުކުރެވޭ ކަމަށް ރަށު ރޭޑިއޯތަކުން ބުނެ އެވެ.
ކްރައިސިސް މެނޭޖްމަންޓުން ބުނި ގޮތުން ޝީރާޒްގައި ބާރުގަދަ އެއްޗެއް ގޮވިކަން ކަށަވަރުކުރެވިފައި އޮތް ނަމަވެސް އެއީ ކޮން އެއްޗެއްކަން އިދާރާތަކަކަށް އަދި ނޭނގެ އެވެ.
އީރާންގައި މި ފަހަރު އެއްޗެއް ގޮވި އަޑަކީ ހެލިކޮޕްޓަރެއް ނުވަތަ މަތިންދާބޯޓެއް ވެއްޓުނު އަޑު ކަމަށް ބުނެ ސޯޝަލް މީޑިއާތަކުގައި ވާހަކަދެކެވުނު ނަމަވެސް އެ ފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމަށް ދޭސީ އިދާރާތަކުން ބުނެ އެވެ.
އީރާންގެ އޭވިއޭޝަން އޮތޯރިޓީން ވެސް ވައިގެ އުޅަނދެއް ވެއްޓިގެން އުޅޭ ކަމަކަށް ނުބުނެ އެވެ.
ވައިގެ އުޅަނދެއް ގޮވި ކަމުގެ ނިޝާނެއް ވެސް އެ ސަރަހައްދުގެ އެއާޕޯޓްތަކުން ފެންނަން ނެތް ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
އީރާންގައި ބާރުގަދަ އެއްޗެއް ގޮވި އަޑާ އެކު އިދާރާތައް ސަލާލުވެފައި ވަނީ މިދާކަށް ދުވަހު -- ޖެނުއަރީ ތިނެއްގައި، އީރާންގެ ކޮމާންޑަރެއް ކަމަށްވާ ގާސިމް ސުލައިމާނީގެ މަހާނަ ދޮށުގައި ބާރުގަދަ އެއްޗެއް ގޮއްވާލައި 100 އަށް ވުރެ ގިނަ މީހުން މަރާލާފައި ވަނިކޮށެވެ.
ގާސިމް ސުލައިމާނީ އަކީ އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ގޮތްޕެއް ކަމަށްވާ ގުދުސް ފޯސްގެ ކޮމާންޑަރެކެވެ. ގުދުސް ފޯސްގައި މުޅިންހެން ހިމެނެނީ އީރާންގެ އަސްކަރިއްޔާގައި ހެވިކަމަށާއި ބުއްދިލައިދިނުމަށް ކުޅަދާނަ ޖެނަރަލުންނާއި ކޮމާންޑަރުންނެވެ.
ގާސިމް ސުލައިމާނީ އަވަހާރަކޮށްލާފައި ވަނީ އޭނާ އީރާގުގައި އުޅުއްވަނިކޮށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާއެއްގައި ޖެނުއަރީ 3، 2020 ގައެވެ.
މި ހަމަލާގެ ޒިންމާ އައިސިސް އިން ވަނީ ނަގާފަ އެވެ.
މި ހަމަލާއަށްފަހު އާންމުންގެ ވިންދު ހަމައަކަށް ނޭޅިގެން އުޅެނިކޮށް އީރާންގައި އަނެއްކާވެސް ބާރުގަދަ އެއްޗެއް ގޮވުން މީހުން ތެޅިފޮޅިގަނެ ވަނީ ދުވެ ފިލާފަ އެވެ.
މި ގޮވުމުގެ ހަގީގަތް ހޯދަން މަަސައްކަތްކުރާ ޓީމުތަކުން ބުނާ ގޮތުން -- އެއްޗެއް ގޮވިކަން ލޮލަށް ފެންނަ ގޮތަށް ހުރި އެއްވެސް މަންޒަރެއް ގާތުގައި ވެސް ނެތް ކަމަށެވެ.
އީރާންގައި ގޮވުންތައް ގިނަވެފައި މިވަނީ ޣައްޒާ ހަނގުރާމާގައި ޔަހޫދީ ދައުލަތަށް އަދި ޔަމަނުގައި ހަރަކާތްތެރިވާ ހޫސީންނަށް މަދަދުވެރިވުމަށް އީރާންގެ އަސްކަރީ އުޅަނދުތައް ރަތް ކަނޑަށް މިސްރާބު ޖަހާފައި ވަނިކޮށެވެ.