ހުޅަނގު އައްސޭރީގެ ތޫލްކަރްމްގައި އިޒްރޭލުގެ އަސްކަރީ އުޅަނދުތައް މަރުވެފައި ތިބި މީހުންގެ -- ގަބުރުތަކުގެ މަތިން ދުއްވާ މައްސަލަ ބޮޑުވެ ފަލަސްތީންގެ ޚާރިޖީ ވުޒާރާއިން އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަރުވެފައި ތިބި މީހުންނަކީ ޔަހޫދީންނަށް ގެއްލުމެއް ދެވޭނެ ހާލަތުގައި ތިބި ބަޔަކަށް ނުވާއިރު ވެސް -- ފަލަސްތީން ނަސްލު ދެކެ އަންނަ ރުޅި އާއި ކުރާ ނަފުރަތުގައި ގަބުރުތަކުގެ މަތިން އުޅަނދުތައް ދުއްވުމަކީ ހަޑި މުޑުދާރު އަދި ނަޖިސް އަމަލެއް ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފަ އެވެ.
ފަލަސްތީން އަކީ ފަލަސްތީން މީހުންގެ އަމިއްލަ ވަޒަން ކަމަށާއި ފަލަސްތީންގެ ބިންތައް ޖަހައިގަނެ އާބާދުވެގެން ތިބި ޔަހޫދީންނަށް މިވަރުގެ ނުބައި އަމަލެއް މިކުރެވެނީ ކިއްވެ ކަމާ މެދު ޚާރިޖީ ވުޒާރާއިން ސުވާލު އުފައްދަ އެވެ.
އަރަބި ބިންތައް ރޭރިގަނެގެން ތިބި ޔަހޫދީންނަކީ އިސްރާއީލްގެ ދަރިކޮޅަށް ނިސްބަތްވާ ބައެއް ނޫނެވެ. މި ލަގަބަކީ ވެސް އެ މީހުން ޖަހަހައިގަނެ -- އެއީ މާތް ބައެއް ގޮތުގައި ދެކެގަތުމަށް ފޭރިގެންފައި އޮތް ނަމެކެވެ.
ޔަހޫދީ ޒަޔަނިސްޓުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާ އެކު ފަލަސްތީންގެ އެހެން އަވަށްތަކަށް ވެސް ބޮޑެތި ގެއްލުންތައް ދަނީ ދެމުންނެވެ. މި ގޮތުން ހުޅަނގު އައްސޭރިއަށް ވަދެގަނެ ލޫޓުވައި ވައްކަންކުރުމާއި މީހުން މެރުން ފަދަ ބޮޑުތި ޖަރީމާތައް ޔަހޫދީން ހިންގަ އެވެ.
ފަލަސްތީން މީހުން މަގުތަކަށް ނުކުމެ އުޅޭއިރު ވަކި އުމުރަކަށް ވުރެ ހަގު މީހެއް ނަމަ އަނިޔާކުރުމާއި ޖެއްސުންކުރުން އަދި ގަޔަށް ކުޅުޖެހުން ފަދަ އަމަލުތައް ވެސް ޔަހޫދިން ހިންގަ އެވެ.
ޔަހޫދީ ބޮޑުވަޒީރުގެ ކެބިނެޓުގައި ތިއްބެވި އިތަމާރު ބޭންގަވީރު ފަދަ ބޯގުޑާފައި ތިބި ވަޒީރުންގެ ރުހުމާ އެކު ޔަހޫދީންގެ އާންމުން ވެސް ފަލަސްތީން މީހުންނަށް އަނިޔާކޮށް ދަނީ މަރަމުންނެވެ.
ޔަހޫދީން ބޭނުންކުރުމަށް އެ މީހުންގެ އަތަށް ރައިފަލާއި ހަތިޔާރު ވަނި ޒަޔަނިސްޓު ސަރުކާރުން ދީފަ އެވެ. މި ތަކެތީގެ ބޭނުންހިފައި ފަލަސްތީންގެ އަންހެނުންނަށާއި ކުޑަކުދިންނަށް ބިރުދައްކައި ނާޖާއިޒު ފައިދާ ނެގުން އިތުރުވެފައިވާ ކަމަށް އދ އިން ވެސް ވަނީ ބުނެފަ އެވެ.
ފަލަސްތީންގެ އާންމުންނަށް އަނިޔާކުރާ އާންމު ޔަހޫދީންގެ އަމަލުތައް ހުއްޓުވުމަށް އެމެރިކާއާ ޔޫރަޕުން ވެސް ވަނީ އިޒްރޭލަށް ގޮވާލާފަ އެވެ. އެކަމަކު ވެސް ޔަހޫދީންގެ އަނިޔާވެރިކަން އެ ގޮތުގައި އަދިވެސް ދަނީ ކުރިއަށެވެ.