ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މަންޓާ އެއާގެ ސީޕްލޭނަކަށް ބޮޑު ގެއްލުމެއް ވެއްޖެ އެވެ.
ބޯޓަށް ގެއްލުންވެފައިވާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދައުރުވަމުންދާއިރު ވީޑިއޯ އިން ފެންނަނީ ބޯޓުގެ ކުރީކޮޅު ފަޅައިގެން ގޮސްފައިވާ މަންޒަރެވެ.
މަންޓާ އެއާގެ އޮފިޝަލަކު ވިދާޅުވީ ވީޑިއޯގައި ފެންނަ ބޯޓަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ފެނުނު ނަމަވެސް އެއީ މާރާމާތުކޮށްލެވޭނެ ކަމެއް ކަމަށެވެ. އަދި އެ މަރާމާތުގެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ ދ. ކުޑަހުވަދޫގައި ހުންނަ މަންޓާ އެއާގެ މަރުކަޒެއްގައެވެ.
މިހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހު މާލެ އަތޮޅު ފަޅެއްގައި މި ބޯޓު އަޅާފައި އޮއްވަ އެވެ. އެކަމަކު މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެ އެވެ.
ރާއްޖެއަށް މިދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ދަނީ އިލްތިމާސް ކުރަމުންނެވެ.