އިލެކްޝަންސް ކޮމިޝަން

މޭޔަރު އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކޮށްފި

މާލޭގެ މޭޔަރު ހޮވުމަށް މާދަމާ ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލުމަށް ހަމަޖެހިފައިވާ ވަގުތު އިތުރުކޮށްފި އެވެ.

މާލޭގެ މޭޔަރާއި މާލެ ސިޓީ ކައުންސިލްގައި ހުސްވެފަައިވާ އިތުރު ތިން ދާއިރާއަކަށް ކައުންސިލަރުން ހޮވުމަށް މާދަމާ ބާއްވާ ބައި-އިލެކްޝަނާ އެކު މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރަކު ހޮވުމަށްވެސް ބައި-އިލެކްޝަނެއް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މި އިންތިހާބުގައި ވޯޓުލާ ވަގުތުގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާތީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މާދަމާ އިންތިހާބު ބާއްވާ ދެ ސަރަހައްދުގައިވެސް ވޯޓުލާ ވަގުތު އެއްގަޑިއިރަށް އިތުރުކުރުމަށް ނިންމާފަ އެވެ.

މޫސުން ގޯސްވި ނަމަވެސް މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބުގައި މާލޭގެ ގިނަ ބަޔަކު ވޯޓުލާން ނިކުތުމަށް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވަނީ އެދިފަ އެވެ.