މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޯސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޯސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް އިން ކުރި އިއުލާނެއްގައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީ ގޮތުން ފޯސްޓާ ކުރުމަށް ބޭނުންވާ މީހުންނަށް އެފުރުސަތު މިހާރު ހުޅުވާލާފަ އެވެ.

ޝައުގުވެރިވާ މީހުން މިކަމަށް އެދި 1433 އަށް ގުޅައި، ނަން ނޯޓު ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އާއިލާއެއްގެ ތެރޭގައި ބޮޑުކުރުމަށްޓަކައި އާއިލާއަކާ ހަވާލުކޮށްގެން ނުވަތަ ފޯސްޓާކޮށްގެން ބެލުމުގެ ޕްރޮގްރާމެއް -- "ކޮންމެ ކުއްޖަކަށް އާއިލާއެއް"ގެ ނަމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ޕޮރަގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު 10 ވަނަ ދުވަހު އެވެ.

ޕްރޮގްރާމު ފެށިއިރު ދައުލަތުގެ ބެލުމުގެ ދަށުގައި 164 ކުދިން ތިއްބެވެ.

"ކޮންމެ ކުއްޖަކަށް އާއިލާއެއް" މި ޕްރޮގްރާމުގެ މަގުސަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަން ބޭނުންވާ އާއިލާތަކަށް ދިގު މުއްދަތަކަށް ނުވަތަ ދާއިމީ ގޮތުން އެކުއްޖާގެ ބެލެނިވެރިކަން ހަވާލުކުރުމެވެ. ވަގުތީގޮތުން ކުއްޖާ ބެލުމާ ހަވާލުވާނަމަ ހަވާލުވާނީ ދެ އަހަރަށެވެ.