އިބްރާހިމް ޝަރީފު

ޝަރީފްގެ ތައުރީފް ރައީސް މުއިއްޒަށް، ވިދާޅުވީ ކުޅަދާނަ ކަމަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ހީކުރިވަވަރަށް ވުރެ ކުޅަދާނަ ކަމަށް ވިދާޅުވެ މިފަހުން ޕީއެންސީއަށް ސޮއިކުރެއްވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، ރައީސް މުއިއްޒުއަށް ތައުރީފް ކުރައްވައިފި އެވެ.

ޝަރީފަކީ ކުރިން އެމްޑީޕީގައި ހުންނަވައިގެން ރައީސް މުއިއްޒަށް އަދި ޕީއެންސީއަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

ނަމަވެސް ޝަރީފް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހީކުރިވަރަށް ވުރެ ރައީސް މުއިއްޒު ކުޅަދާނަވެފައި ނިންމުންތައް ނިންމަވާލެއް ހަލުއިވެފައި އަވަސް ކަމަށެވެ.

"ރާއްޖެއަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ގިނަގުނަ. މިފަދަ އުނދަގޫ ދަތި ދަނޑިވަޅުތަކުގައި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ހަލުއި ސްޕީޑްގައި ކަންކަން ކުރާ ލީޑަރެއް ގައުމު ބޭނުންވަނީ،" ޝަރީފް ވިދާޅުވި އެވެ.

ޕީއެންސީއަށް ޝަރީފް ސޮއިކުރެއްވިއިރު ނިމިދިޔަ ސަރުކާރުގައި މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް އައްޔަންކުރެއްވި ޝަރީފްގެ ދަރިކަލުންގެ ވަޒީފާގެ މުއްދަތު މިސަރުކާރުން ވަނީ އިތުރުކޮށްދީފަ އެވެ.