ދުނިޔެ

އީރާނުން އީރާގުގެ އަރްބީލަށް ހަމަލާދީފި

އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އީރާގުގެ ކުރުދިސްތާންގެ ވެރިރަށް -- އަރްބީލްއަށް ހަމަމާދީފި އެވެ.

އީރާނުން ބުނީ ހަމަލާތަކަށް ޒިންމާވާ ކަމަށާއި ހަމަލާ ދޭން ޖެހުނީ އިރާނާ ދެކޮޅު ހަރަކާތްތައް ރާވައި ހިންގާ ގުރޫޕްތަކަށް ކަމަށެވެ.

އީރާގުގެ އޮފިޝަލުންވެސް މި ވާހަކަތައް ހަބަރަށް ކިޔައިދީފައިވެ އެވެ.

އޮފިޝަލުން ވިދާޅުވީ ގޮތުގައި އެމެރިކާގެ ކޮންސިއުލޭޓް ޖެނެރަލް ދޮށުގައި އަދި އަރްބީލް އިންޓަނޭޝަނަލް އެއާޕޯޓާ މާދުރު ނޫން ހިސާބެއްގައި ވަރަށް އަޑުގަދަ އެއްޗެއް ގޮވި އެވެ.

އީރާންގެ ތަސްނީމް ހަބަރު އޭޖެންސީން ބުނި ގޮތުން އީރާނާ ދެކޮޅަށް ހަމަލާތައް ރާވައި ތަންފީޒުކުރުމުގެ ގޮތުން ސަރަހައްދުގައި ހަރަކާތްތެރިވާ ގުރޫޕްތަކަށް އަދިވެސް ހަމަލާ ދޭނެ އެވެ.

އެފަދަ ގުރޫޕްތަކަށް މީގެ ކުރިން ހަމަލާދިން ގޮތަށް -- ހުޅަނގުގެ ދުޝަމަނުންނަށް އެހީތެރިވާ ބާޣީ ހަނގުރާމަވެރިންނަށް އިތުރު ހަމަލާތައް ދޭނެ ކަމަށްވެސް އައިއާރްޖީސީ އިން ބުންޏެވެ.

އީރާގުގެ ކުރުދިސްތާންގައި ހުންނަ އިޒުރޭލުގެ ސީކްރެޓް އިންޓެލިޖެންސް ސާވިސް -- ޖާސޫސީ އިދާރާގެ ގޮތްޕަކަށް ވެސް އައިއާރުޖީސީ އިން ހަމަލާދީފައި ވާނެ ކަމަށް އީރާނުން ބުންޏެވެ.

މި ހަމަލާއާ ބެހޭ ގޮތުން ރޮއިޓާސް އިން ބުނީ އައިއާރްޖީސީގެ ހަމަލާތަކުގައި އެމެރިކާގެ އެއްވެސް އިމާރާތަކަށް އަދި މުދަލަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ. ނަމަވެސް އިޒުރޭލުގެ ޖާސޫސްކުރާ އިދާރާއަށް ދިން ހަމަލާގައި އެ އޮފީސް އެއްކޮށް ހަލާކުވެފައިވާ ކަމަށްވެސް ބުންޏެވެ.

އީރާންގެ އައިއާރްޖީސީ އިން މިހާރު ވަނީ ޔަމަނުގައި ގާއިމުވެ ތިބި ހޫސީން ރަތް ކަނޑުގައި ހިންގާ އޮޕަރޭޝަންގައި ބައިވެރިވުމަށް މަނަވަރުތައް ރަތް ކަނޑަށް ފޮނުވާފަ އެވެ.

ނަމަވެސް ރަތް ކަނޑުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބަލަހައްޓައި ކަށަވަރުކުރުމަށް އެކުލަވާލާފައި އޮތް އަސްކަރީ ބައިގަނޑަށް އީރާނުން ހަމަލާދޭނެ ކަމަކަށް ނުބެލެވެ އެވެ. އެމެރިކާ އިސްވެ އޮޕަރޭޓްކުރާ މި ބައިގަނޑަށް އީރާނުން ހަމަލާއެއް ދީފިނަމަ މަސްރަހު ވަރަށް ބޮޑަށް ހޫނުވާނެ ކަމަށް ބެލެވެ އެވެ.

އީރާގާއި އީރާން ގުޅޭ ބޯޑަރުގައި ޔަހޫދީންނަށް ޖާސޫސްކޮށްދޭ ޖަމާއަތްތަކުން ހަރަކާތްތެރިވުމަކީ އީރާން ވަރަށް ކަންބޮޑުވާ ކަމެކެވެ. އިރާނުން ބުނާ ގޮތުން މިފަދަ ޖަމާއަތަކުން އީރާނާ ތޮޅެއް ހަދައިފި ނަމަ އަންދާލާނެ ކަމަށެވެ.