ޔުކްރޭން ހަނގުރާމަ ހުއްޓުވޭނެ ގޮތަކާ މެދު ބަހުސްކުރުމަށް ހުޅަނގުގެ އޮފިޝަލުން ސްވިޒަލޭންގެ ޑާވޯސްގައި އާދީއްތަ ދުވަހު ބައްދަލުކުރި އެވެ. އަދި މަޝްވަރާ ވެސް ކުރި އެވެ. އެކަމަކު -- ދެކެ ފަރިތަ މޫނުތަކެއް ޖަމާވެ ނެގި ގުރޫޕް ފޮޓޯތަކެއް ފިޔަފައި -- ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން ޔައުމިއްޔާގައި ލިޔެލާނެ އެކައްޗެއް ވެސް ނުލިބުނެވެ.
ރަޝިއާ ސިފައިން ފެބްރުއަރީ 24، 2022 ގައި ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން، ދުނިޔެ މިހާރު ދަންނަ ޔުކްރޭން ހަނގުރާމައަށް ދެ އަހަރު ވަނީ އެވެ. ސުލްހައިގެ ޕްލޭނެއް، ރޭވުމެއް ނެތެވެ. މަޝްވަރާކުރުމަކީ ޔުކްރޭންގެ އޮފިޝަލުން ދަންނަ ކަމަކަށް ނުވެ އެވެ.
ހުޅަނގުގެ ވެރިން ޑާވޯސްގައި ބޭއްވި ބައްދަލުވުމަށް ޔުކްރޭން ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ހުށަހަޅާފައި ހުރި ހުށަހެޅުންތަކުގައި، ޔުކްރޭނުން އެންމެ ބޮޑަށް ތާއީދުކޮށްފައި އޮތީ ރަޝިއާ އަމާންދީ ހަނގުރާމަ ހުއްޓާލުމަށެވެ.
މިއީ ރަޝިއާ ދެކެ ގަންނާކުރައްވާ ބިރަށްޓަކައި ހުޅަނގުން މަޝްވަރާކުރަން ބޭނުންވާ މައުލޫއެއް ނޫނެވެ.
ސިޔާސީ މައިދާނަށް ފަރިތަ ފުންނާބު އުސް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ޔުކްރޭން ހަނގުރާމަ ހުއްޓުވެއް އޮތީ ނޭޓޯ އަށެވެ.
ޔުކްރޭން ހަނގުރާމަ އަކީ ނޭޓޯއިން ފެއްޓުވި ހަނގުރާމައަކަށް ވާތީ މި ހަނގުރާމަ ހުއްޓުވާނެ ގޮތެއްވެސް އޮތީ ނޭޓޯގެ އަތްމަތީގަ އެވެ.
ނޭޓޯއިން ކުރަން ފެންނަ ކަމެއްގެ ގޮތައި ތަޖުރިބާކާރުން ބުނަނީ، އެ ޖަމާއަތަށް ފަންޑުކުރާ ގައުމުތަކަށް ވިސްނައިދިނުމެެވެ. އަދި ޔުކްރޭން ހަނގުރާމަ އަކީ ދުވަހަކު ވެސް ޔުކްރޭނަށް ކާމިޔާބުވާނެ ހަނގުރާމައެއް ނޫންކަން ވިސްނައި ދިނުމެވެ.
ހުޅަނގުގެ ގައުމުތަކުން ޔުކްރޭނަށް ހެޔޮއެދޭ ކަމަށް ހެދިގެން، ބާރުގަދަ ހަތިޔާރާއި ފައިޓަރު ޖެޓުތައް ދިނުމަކީ ޔުކްރޭން ހަލާކުވުމަށް ކޮށްދޭ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެތަން މިހާރު ވެސް ޔުކްރޭނަށް ފެންނަ ކަމަށްވެސް ތަޖުރިބާކާރުން ބުނެ އެވެ.
ޔުކްރޭނުން ބާރުގަދަ ހަތިޔާރު ބޭނުންކުރުމަކީ އެއާ އެއްވަރުގެ އަދި އެއަށް ވުރެ ބާރުގަދަ ހަތިޔާރު ބޭނުންކުރުމަށް ރަޝިއާއަށް ލިބޭ ފުރުސަތެކެވެ. އަސްކަރީ ގޮތުން ރަޝިއާއަށް ލިބޭ ގެއްލުމަށް ވުރެ -- އަސްކަރީ ގޮތުން އަދި އުމްރާނީ ގޮތުން ޔުކްރޭނަށް ލިބޭ ގެއްލުން މާބޮޑުވާނެ ކަމަށްވެސް ތަޖުރިބާކާރުން ދެކެ އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ކުރެވެން އޮތް ހަމައެކަނީ ކަމަކީ -- ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި -- މަޝްވަރާ މޭޒު ދޮށަށް ޒެލެންސްކީ ވަޑައިގަތުމެވެ. އަދި ރަޝިއާގެ ރައީސްއާ ބައްދަލުކުރައްވައި ސިޔާސީ ހައްލަކަށް އެއްބަސްވެ ވަޑައިގަތުމެވެ.