ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަ އިތުުރުވިއިރު ނިންމި މައްސަލަ މަދު

ކްރިމިނަލް ކޯޓަށް މިދިޔަ އަހަރު 854 މައްސަލަ ހުށަަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއީ 2022 ވަނަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅުނު 786 މައްސަލަ އާއި އަޅާބަލާއިރު 68 މައްސަލަ އިތުރު އަދަދެކެވެ.

ކްރިމިނަލް ކޯޓުގައި މިދިޔަ އަހަރު 7،242 މައްސަލަ ތާވަލްކުރެވުނެވެ. މިއީ 2022 ވަނަ އަހަރު ތާވަލްކުރެވުނު މައްސަލަތަކުގެ އަދަދާ އަޅާބަލާއިރު 5،515 މައްސަލަ ނުވަތަ 43 އިންސައްތަ މަދު އަދަދެކެވެ. ކްރިމިނަލް ކޯޓުގައި 2022 ވަނަ އަހަރު 12،757 މައްސަލަ ތާވަލްކުރި އެވެ.

ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ނިންމި މައްސަލަތަކުގެ އަދަދުވެސް މިދިޔަ އަހަރަށް ވުރެ އިތުރެވެ. އެގޮތުން 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން 701 މައްްސަލަ ނިންމިއިރު މިދިޔަ އަހަރު ނިމިފައިވަނީ 497 މައްސަލަ އެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 54 އިންސައްތަ މަދު އަދަދެކެވެ.

ކްރިމިނަލް ކޯޓުން ބުނީ މިދިޔަ އަހަރު އެ ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވި ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކޯޓު ހިންގާ އިމާރާތުގެ އެއްބައި ބޭނުން ނުކުރަން ކަމާ ގުޅޭ އިދާރާތަކުން އަންގާފައިވާތީ ޝަރީއަތްތަކަށް ބުރޫއަރައި ޝެޑިއުލް ކުރި މައްސަލައިގެ އަދަދާއި ކޯޓުން ނިންމި މައްސަލައިގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.