މަސްތުވާތަކެތީގެ މައްސަލައެއްގައި އިރާނުގެ ދެކުނުގައި އޮންނަ އަވަށެއްގައި ހުރިހާ ފިރިހެނުންނަށް މަރުގެ އަދަބު ދީފި އެވެ.
އިރާނު ސަރުކާރުގެ އޮފިޝަލަކު ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. އެހެން ނަމަވެސް އެމީހުންނަށް މަރުގެ އަދަބު ދިނީ އެއްފަހަރާ އެއްވަގުތެއްގައި އެއްތާކު ކަމެއް ނުވަތަ ވަކި ވަކިން އެކި ތަންތަނުގައި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެއީ ކިހާ އަދަދެއްގެ މީހުން ކަމެއްވެސް ހާމައެއް ނުކުރެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިއީ އެ ގައުމުގައި އަވަށެއްގެ ހުރިހާ ފިރިހެނުންނަށް މަރުގެ އަދަބު ދިން ފުރަތަމަ ފަހަރު ނޫނެވެ. މީގެކުރިން ވެސް އީރާނުގެ އަވަށެއްގެ ހުރިހާ ފިރިހެނުންނަށް މަރުގެ އަދަބު ދީފައިވެ އެވެ.
މަސްތުވާތަކެތީގެ މަރުގެ އަދަބު ދިނުމަކީ އިރާނުގައި ވަރަށް ގިނައިން ކުރާ ކަމެކެވެ. ދުނިޔޭގައި އެންމެ ގިނައިން މަރުގެ އަދަބު ތަންފީޒުކުރާ ދެވަނަ ގައުމަށް އިރާނުވެފައިވާއިރު ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ އިރާނާ ދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ. އެގޮތުން 2012 ވަނަ އަހަރު އެކަނިވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި 753 އީރާނު މީހުންނަށް މަރުގެ އަދަބު ދީފައިވެ އެވެ.
އިރާނު ސަރުކާރުން ބުނީ މަރުގެ އަދަބު ދިން އެންމެންނަކީވެސް މަސްތުވާތަކެތި ޓްރެފިކް ކުރި މީހުން ކަމަށާއި އެކަމަކީ ސަރުކާރުން އެއްބާރުލުންދީ ތަރުހީބު ދޭނެ ކަމެއް ނޫން ކަމަށެވެ.