ދުނިޔެ

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަ ޖެހޭ: ގުޓަރެސް

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭ ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ މިއީ އެއްވެސް ބަޔަކު އިންކާރުކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

އުތުރު އެފްރިކާގެ ޔުގެންޑާގައި ހޮނިހިރު ދުވަހު އޮތް، ވަކި ފަރާތަކަށް ނުޖެހޭ ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ތަގުރީރުކުރައްވައި، ގުޓަރެސް ވިދާޅުވީ މިނިވަންކަމުގެ ހައްގަކީ ފަލަސްތީނަށް ވެސް ލިބެން ޖެހޭ އުފަލެއް ކަމަށެވެ.

ގުޓަރެސް ވިދާޅުވީ ފަލަސްތީން މީހަކަށް ވީތީ މިނިވަންކަން ޖަހައިގަނެ އަމިއްލަ ވަޒަނުން ބޭރުކުރެވިގެން ނުވާނެ ކަމަށެވެ. އެ މީހުންނަށް ވެސް އެ މީހުންގެ އަމިއްލަ ގައުމު ތަރައްގީކޮށް އާބާދުކުރުމުގެ އުފަލާއި ޝަރަފު ލިބެން ޖެހޭނެކަން މުޅި ދުނިޔެ ގަބޫލުކުރަން ޖެހޭ ކަމަށެވެ.

އދ ގެ ވެރިޔާ ވިދާޅުވި ގޮތުގައި މެދުއިރުމަތި ސުލްހަކުރެވެން އޮތް ހަމައެކަނި ގޮތަކީ ދެ ދައުލަތް ކަމަށެވެ. ސުލްހަ ދޫކޮށް ހަމަނުޖެހުމާއި ހަނގުރާމައަށް ފުރުސަތު ދިނުމަކީ އެއްވެސް ބަޔަކަށް ކާމިޔާބެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަލަސްތީން މައްސަލަ ހައްލުވާ ތަން ދުނިޔެއަށް ނުފެންނަ ކަމަށް ގުޓަރެސް ވިދާޅުވި އެވެ. އެކަމަކު ސުލްހަ ގާއިމުކޮށްގެން ނޫން ގޮތަކަށް ބިރުވެރިކަން ފިލައި ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލުން ފަލަސްތީންގެ ޣައްޒާއަށް މިހާރު ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން އދ އިން އޮތީ ގޮވާލާފަ އެވެ. ނަމަވެސް، މިއީ ޔަހޫދީ ޒަޔަނިސްޓުންނަށް އިވޭ އަޑަކަށް ނުވެ އެވެ.

ދުނިޔޭގެ މަސްލަހަތު ގެއްލުވާލުމުގައި ޔަހޫދީންނަކީ ކުޅަދާނަ ބައެކެވެ. މެދުއިރުމަތީގައި ޔަހޫދީ ދައުލަތެއް ގާއިމުކުރުމަށް ހިތްވަރުދޭ ގައުމުތައް ހިންގުމުގައި ވެސް ކުރީ ސަރުގައި ތިބީ ޔަހޫދީންނެވެ.

ޔަހޫދީން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުވުމުގެ ބަދަލުގައި އެމެރިކާއާ ބައިވެެރިން -- ފްރާންސް، އިޓަލީ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ވެސް މަސައްކަތް ކުރަނީ ހަނގުރާމަ ދިގުދެންމުމަށެވެ.

ހަނގުރާމައިގެ ތެރޭގައި ވެސް މި ގައުމުތަކުން ވަނީ އިޒުރޭލަށް ހަތިޔާރާއި ފައިސާ، މަދަނީ އަދި އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ފަލަސްތީންގެ ބިންތައް ޔަހޫދީންނަށް ހޯދައިދިނުމަށް މިހުރިހާ ގައުމަކުން ބައިވެރިވެ އެހީތެރިވެ އެވެ.