އެމްއެންޑީއެފް

ސިފައިންގެ ޗީފް އަބްދުއްރަހީމް ޔޫއޭއީއަށް ފުރާވަޑައިގެންފި

ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަތީފް މިއަދު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފި އެވެ.

މިއީ ރަސްމީ ދަތުރުފުޅެއް ކަމަށް ބުނުން ފިޔަވާ އެމްއެންޑީއެފް އިން ޗީފްގެ މިދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

މި ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި ކާނަލް އިބްރާހިމް ޝާން ޝާކިރުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް ޔޫއޭއީއަށް ދަތުރުފުޅެއް ފައްޓަވާފައި މިވަނީ ރާއްޖޭގެ އަސްކަރިއްޔާ ތަރައްގީކޮށް ޒަމާނީ ކުރުމަށްޓަކައި އަސްކަރިއްޔާއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯދައިދޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވަނިކޮށެވެ.