ގދ. ތިނަދޫ

ތިނަދޫ އިންޖިނުގޭ ރޯކޮށްލުމުގެ ތުހުމަތަށް އިތުރު މީހަކު ހައްޔަރުކޮށްފި

Feb 27, 2016
1

ގދ. ތިނަދޫ އިންޖީނުގޭގައި ރޯކޮށްލި ހާދިސާއާ ގުޅިގެން ތިން ވަނަ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ތިން ވަނަ މީހަކު މި މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރީ މިރޭ އިރާކޮޅުގެ ގދ. ތިނަދޫން ކަމަށާއި އެއީ އުމުރުން 40 އަހަރުގެ މީހެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މި މައްސަލާގައި މީގެ ކުރިން ދެ މީހަކު ހައްޔަރުކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. ތިނަދޫ އިންޖީނުގޭގައި ހުޅުޖަހައި އަންދާލީ ޖެނުއަރީ 26 ގެ ދަންވަރު އެވެ. އަލިފާނުގެ އެ ހާދިސާގައި އިންޖީނުގޭގައި ހުރި ހުރިހާ އިންޖީނެއް ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ.

މި ހާދިސާއާ ގުޅިގެން ތިނަދޫން ކަރަންޓް ކެނޑި، ހަފުތާއެއްހާ ދުވަސް ވަންދެން އޮތެވެ. މިވަގުތު ތިނަދޫގައި އޮތީ ވަގުތީ ކަރަންޓެވެ.